ބ.އޭދަފުށީ ގުލިސްތާނުގޭ އަހުމަދު ނަސީމް 59އ. ރޭ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ލ. މާވަށު ފަޅު ތެރޭގައި އޮތް ކޮޅުވެއްޓިއެއް ކަމަށްވާ އޭޑީކޭ އުލާނީ ލާންޑިން ކުރާފްޓް ތެރޭގައެވެ.
އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ރޭ 3:00 ޖަހާކަންހާއިރު ހާރުކާން ގޮވުމުން ނުހޭލުމުން ބެލިއިރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަސީމުއަކީ އެ ކޮޅުވެއްޓީގެ ކެޕްޓަންއެވެ. އޭނާވަނީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ބ.އަތޮޅު އޮފީހުގެވޯކީޓޮކީ އޮޕަރޭޓަރެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޭނާ މަރުވެފައިވަނީ ގުދްތަރީ މަރަކުންކަމަށް ބެލެވޭ ކަމަށާއި މަރުގެ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަސީމްގެ ހަށިގަނޑު މިހާރު މާވަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު، އެރަށުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.