ކަމަދޫ އިން ބޯފެން ހުސްވުމުން ބޯފެން ފޯރުކޮށްދީފި

3-Kamadhoo-island.jpg

ބ.ކަމަދޫން ބޯފެން ހުސްވެ ބޯފެނަށް ޖެހުމުން ސަރުކާރުން އެރަށަށް ބޯފެން ފޯރުކޮށްދީފިކަމަށް ކަމަދޫ ކައުންސިލުން ބުނެފިއެވެ.

ކަމަދޫ ކައުންސިލުގެ ނައިބް ރައީސް އަހްމަދު ސާޖިދު ވިދާޅުވީ، ވާރޭ ނުވެހި ގިނަ ދުވަސްވުމުން މުޅި ރަށުން ބޯފެން ހުސްވިކަމުގެ ޝަކުވާ ލިބުމާއެކު ވަގުތުން އެކަމަށް ފިޔަވަޅު އެޅި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް އަވަހަށް އެކަން ހަމަޖެހި ސަރުކާރުން މިހާރުވަނީ އެރަށަށް 20 ޓަނުގެ ސާފު ބޯފެން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިރުވައި މޫސުމަކީ ވާރޭވެހުން މަދު މޫސުމަކަށް ވުމުން ރާއްޖޭގެ ރަށްރަށުން ބޯފެން ހުސްވެގެން ސަރުކާރުން ފެން ފޯރުކޮށްދިނުމަކީ ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top