ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ފަށައިގެން ކުރިއަށް

IMG-d04ffe11c52dc9a032942875072e68fe-V.jpg

ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 އިއްޔެ ފަށައިފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ މެޗުގައި ވާދަ ކުރީ ފެހެންދޫ ސްޕޯޓްސް ކްލަބާއި ޝާކްސިޓީ ޖޫނިއާސް އެވެ. މިމެޗު ނިމުނީ 1-1 އިން ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ މޭންް އޮފް ދަ މެޗްގެ މަގާމަށް ހޮވިފައިވަނީ ފެހެންދޫ ސްޕޯޓްސް ކްލަބްގެ ބައްސާމް އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ އެފްސީ ކަރާ އާއި ޝާކް ސިޓީއެވެ. 4-2ގެ ނަތީޖާ އިން މި މެޗުން މޮޅުވެފައިވަނި އެފްސީ ކަރާ އެވެ. މި މެޗްގެ މޭން އޮފް ދަ މެޗަށް ހޮވިފައިވަނީ އެފްސީ ކަރާގެ އިބްރާހީމް މާޖިދުއެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފެހެންދޫ ސްޕޯޓްސް ކްލަބާއި ޝާކް ސިޓީއެވެ. ދެވަނަ މެޗްގައި ވާދަ ކުރާނީ އެފްސީ ކަރާ އާއި ޝާކްސިޓީ ޖޫނިއާ އެވެ.

މި މުބާރާތަކީ ގޮއި ފުޅަ ފެހެންދޫ ހިމެނޭ ފަޅުތެރޭގެެ ތިން ރަށުގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމާއި ފުޓްބޯޅަ ނުވަތަ ފުޓްސަލް އަށް މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއްކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޝިޕްކެއަރ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ ޕިރަމިޑް، ދިރާގު އަދި އެޓޯލްކިއުޓެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top