ސައްޓު އެންމެފަހުން ޓީސީ އަށް ސޮއިކޮށްފި

SATTU.png

އިޝާން އިބްރާހީމް (ސައްޓު). ސައްޓުވަނީ އަންނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ނިންމާފައި / ފޮޓޯ: ކޭއެލް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ބ. އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އަންނަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައްޓު ޓީސީއަށް ސޮއިކުރިކަމަށް މީޑިޔާ ރިޕޯޓްތައް ބުނިއިރު އޭނާ ހޯދުމަށް ނިއުރޭޑިއަންޓުންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ޓީސީއަށް ސޮއިކުރީ އެކްލަބްގެ ހުށައެޅުން ރަނގަޅުވުމުންކަމަށްވެއެވެ. ނަމަވެސް ސައްޓުއަށް ޓީސީން ހުށައަޅާފައިވަނީ ކިހާވަރެއްގެ ކޮންޓްރެކްޓެއް ކަމެއް ނޭނގެއެވެ.

2016 ވަނަ އަހަރު އޭދަފުއްޓަށް މިނިވަން ޗެންޕިއަންޝިޕް ކާމިޔާބުކުރުމުގައި އިސްދައުރެއް އަދާކުރި ސައްޓު މިއަހަރު ދިވެހި ޕްރިމިއަރ ލީގުގައި ވަނީ ށ. މިލަންދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެޓީމަށް ތަފާތު މޮޅު ކުޅުމެއް ސައްޓު ކުޅުނުއިރު ފަސް މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދައި އަށް ގޯލް ޖެހި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޓީސީ އަށް ބަދަލުވީ ބެންކުގެ ވަޒީފާ މާލެ އަށް ބަދަލުކޮށްގެންނެވެ.

ސައްޓުއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ ޓީސީ އަށް އާ ސީޒަނަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ނާއިޒް ހަސަން (ދާދު) ފިޔަވައި މުހިއްމު ހުރިހާ ކުޅުންތެރިން ވެސް ވަނީ ޓީސީގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top