އަތޮޅުގޭގައި ދިރިއުޅުނު 4 ކައުންސިލަރުން އަތުން 1 ލައްކައަށްވުރެ ގިނަރުފިޔާ ހޯދަން އަންގައިފި

ކުރީގެ ބ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިޔާތުގެތެރެއިން / ފޮޓޯ އީޓީ

ކުރީގެ ބ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިޔާތުގެތެރެއިން / ފޮޓޯ އީޓީ

މިދިޔަ ދައުރުގައި ބ. އަތޮޅުގޭގައި އެއްވެސް ކުއްޔެއް ނުދައްކައި ދިރިއުޅުނު އެމްޑީޕީގެ 4 ކައުންސިލަރުން އަތުން 11.3910ރ (އެއްލައްކަ ތޭރަހާސް ނުވަސަތޭކަ ދިހަރުފިޔާ) ހޯދަން އޮޑިޓަރ ޖެނެރަލް އޮފީހުން ކަމާބެހޭ ފަރާތްތަކަށް އަންގައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން މިފައިސާ ހޯދަން އެންގީ 2012ވަނަ އަހަރުގެ ބ. އަތޮޅު ކައުންސިލްގެ ކަންކަން އޮޑިޓްކުރުމަށްފަހު އާދީއްތަދުވަހު ނެރުނު އޮޑިޓް ރިޕޯޓްގައެވެ.

މިރިޕޯޓްގައިވާ ގޮތުގައި، އަތޮޅު ކައުންސިލަރުންނަށް ލިވިން އެލަވަންސް ލިބެމުންދިޔަ ނަމަވެސް، ބ. އަތޮޅު ކައުންސިލު މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު އަތޮޅު ގޭގައި ދިރިއުޅެމުން ގެންގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އީވީއަށް އެނގިފައިވާ ގޮތުގައި އަތޮޅުގޭގައި އޭރު ދިރިއުޅުއްވީ އެމްޑީޕީގެ 4 ކައުންސިލަރުން ކަމަށްވާ އަބްދުއްރަހްމާން، އަބްދުލް މުއުމިން އަދި އިބްރާހީމް ރަޝީދުގެ އިތުރުން މިހާރުގެ ކައުންސިލްގެ ރައީސް އަދި އޭރުގެ މެމްބަރ މުހައްމަދު އާދިލްއެވެ. އަދި އެ ހަތަރު މެންބަރުންގެ ލިވިން އެލަވަންސަށް 2012 ވަނަ އަހަރު އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްފައިވާ ކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅު ގޭގެ ކަރަންޓަށާއި ތަން މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަމަށް 2012 ވަނަ އަހަރު ކައުންސިލުގެ ބަޖެޓުން 11،3910 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އަތޮޅުގޭގައި ދިރިއުޅުނު ކައުންސިލަރުންގެ އަތުން އެއްވެސް ކުއްޔެއް ނަގާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.
“ދައުލަތުން ލިވިން އެލަވަންސްދޭ ފަރާތްތަކުން މިގޮތަށް އެއްވެސް އަގެއް ނުދައްކައި ސަރުކާރުގެ އިމާރާތެއްގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން ޔުޓިލިޓީ ބިލްތަކަށާއި އިމާރާތް ބެލެހެއްޓުމަށާއި އިމާރާތާގުޅޭ އެހެނިހެން ކަންކަމަށް ދައުލަތުން ޚަރަދުކުރާ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން މި ފަރާތްތަކުން އަމިއްލައަށް ހޯދާފައިވާ އިނާޔަތެއްކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ކައުންސިލަރުންނަށް އަތޮޅުގޭގައި ނުތިއްބެވޭނެކަމަށް އޭސީސީގެ ޖޫން 10، 2011 ގައި އަންގާފައިވާ ކަންވެސް ފާހަގަކުރެވެ އެވެ” އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި މިހާރުގެ އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިންވެސް 4 މެމްބަރަކު އަތޮޅުގޭގައި ދިރިއުޅުއްވައެވެ. ނަމަވެސް މިއިންކޮންމެ މެމްބަރަކު އެތަނަށް ކުލީގެ ގޮތުގައި މަހަކު ދައްކަނީ 600ރ ކަމަށްވެއެވެ. ނަމަވެސް އަތޮޅުގޭގެ ކަރަންޓްބިލަށް އެކަނިވެސް އެތައްހާސްރުފިޔާއެއް މަހަކު ހޭދަވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top