ގޭސް ސިލިންޑަރ ނުވަރަ ގޭސް ފުޅި އުނދުނާ ގުޅާއިރު ގޭސް ސިލިންޑަރ ގެ މުއްދަތު ހަމަވާ ތާރީޚް ބެލުމަކީ ދިމާ ވެދާނެ ހާދިސާ އަކަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބައެއް ބޭފުޅުންނާށް މީ އާ ވާހަކަ އަކަށް ވެދާނެއެވެ. އެއީ ގޭސް ފުޅި ނުވަތަ ގޭސް ސިލިންޑަރ ގެ މުއްދަތު ހަމަ ވުމާ ގޭސް ސިލިންޑަރ އަކީ ރައްކާތެރި ގޮތުގައި އަޅާފައިވާ ގޭސް ތޯ ބެލުމަކީ އަހަރެމެންނާ ބެހޭ ކަމެއް ނޫނެވެ. ނުވަތަ ގޭސް ސިލިންޑަރު ގައި މުއްދަތު ހަމަވާ ތާރީޚެއް ޖަހާފައި އޮވޭ ބާވައެވެ. އެ ތާރީޚް ޖަހާފައި އޮންނަނީ ކޮންތަނަކު ބާވައެވެ؟
ބުނަންހެއްޔެވެ؟ ކޮންމެ އެއްޗެއްގައިވެސް މުއްދަތު ހަމަވާ ތާރީޚެއް އޮންނަ ފަދައިން ގޭސްފުޅީގައިވެސް އެތާރީޚް އޮންނާނެއެވެ. ވީމާ ގޭސް ފުޅި އުނދުނާ ގުޅާ ކޮންމެ ފަހަރަކު ވެސް ގޭސް ސިލިންޑަރ ގައިވާ ތާރީޚް ޗެކް ކޮށްލައްވާށެވެ.
މި ދަންނަވަނީ ގޭސް ސިލިންޑަރ ގެ މުއްދަތު ހަމަވާ ތާރީޚް އޮޅުން ފިލާނެ ގޮތެވެ. ސިލިންޑަރ ގެމަތީގައި ރެގިއުލޭޓަރ ހުންނަ ބައިގާއަކުރު ތަކެއް ޖަހާފައި ހުންނާނެއެވެ. މިސާލަކަށް Aނުވަތަ Bނުވަތަ Cއެވެ. އަދި ބައެއް ފުޅީގައި ދެ އަކުރު ގެ ނަންބަރެއް އިތުރުވެފައިވެސް ހުރެއެވެ. މިސާލަކަށްD06
*A ގެ މާނައަކީ ޖެނުއަރީ އިން މާރޗް އަށް (ފުރަތަމަ ކްއާޓަރ)
*B ގެ މާނައަކީ އެޕްރިލް އިން ޖޫން އަށް (ދެވަން ކްއާޓަރ)
*Cގެ މާނައަކީ ޖުލައި އިން ސެޕްޓެމްބަރ އަށް (ތިންވަނަ ކްއާޓަރ )
*Dގެ މާނަ އަކީ އޮކްޓޯބަރ އިން ޑިސެމްބަރ އަށް (ހަތަރުވަނަ ކްއާޓަރ)
މީގެ އިތުރުން އަކުރު ޖަހާފައި ހުންނަނީ އަހަރަށް ބަލާފައެވެ. މިސާލަކަށް 06Dގެ މާނައަކީ Dކްއާޓަރ…..2006
ދެވަނަ މިސާލަކީ 13Dއެވެ.މާނަ އަކީ ޑިސެމްބަރ 2013އެވެ