މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފި

DSC_0796-1.jpg

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.

ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ހުއްދަ ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ހުށަހެޅުނު އެއް އިސްލާހާއެކު އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 55 މެންބަރުންގެ އިއްތިފާގުންނެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަމުންދާތީ ހަތަރު މަސް ދުވަހަށް ގާޒީންނަށް އިނާޔަތެއް ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވާ މައްސަލަ ވެސް ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ ނިންމުމަށް ނުރަސްމީ ގަޑީގައި އަޑުއެހުންތަކަށް ނުކުންނަ އެ ކޯޓުގެ ގާޒީންނަށް މަސައްކަތަށް ނުުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ހަތަރު މަސްދުވަހަށް ދިނުމަށް ނިންމާފައެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top