ރައްޔިތުންގެ އަޑު : ބަހިއްޔާއިން ގެއްލުނު 25000 ރުފިޔާ ފެނިއްޖެތޯ؟

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީސްކޫލް- ފޮޓޯ : އީވީ

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލު ހާއްސަ ކޮށްލަނީ ބަހިއްޔާ ޕްރީ ސްކޫލުން ގެެއްލިފައިވާ ފައިސާ ތަކަކާ ގުޅިގެން އާންމު ފަރާތަކުން އޭދަފުށީ ކައުންސިލުން ސާފުކުރަން ބޭނުންވި މައުލޫމާތެއްގެ މައްޗަށެވެ.

ސުވާލު:

ބަހިއްޔާ ޕްރީ ސްކޫލްގެ ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްގެންނާއި، އެހެނިހެން ގޮތް ގޮތުން ހޯދި -/25000 ރުފިޔާ، ބަހިއްޔާ ޕްރީސްކޫލްގެ ވަތްގަނޑެއްގައި ރައްކާކޮށްފައި ހުއްޓާ 2015 ވަނަ އަހަރު ގެއްލިފައިވާ ކަމުގެ މައުލޫމާތެއް ވަނީ ލިބިފައެވެ.  މިއީ ތެދެއްތޯ؟ އަދި މިފައިސާ ފެނިއްޖެތޯ، ނުވަތަ އެފައިސާއަށް ވީ ގޮތެއް އެނގިލައްވައިފިތޯ؟

ޖަވާބު:

ޖަވާބު ދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސާ ނާޒްނީން ޔޫސުފް

“ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް ކަބަޑެއްގައި ބަހައްޓާފައިހުރި -/25000 ރުފިޔާ ގެއްލިފައިވާކަމަށްބުނެ، ބަހިއްޔާ ޕްރީ ސްކޫލްގައި މަސައްކަތްކުރައްވާ މުވައްޒަފުން މިއަހަރު ތެރޭގައި ހުށައެޅި މައްސަލައަކާއި ގުޅިގެން އެމައްސަލަ ތަހްގީޤް ކޮށްދިނުމަށް އެދި އޭދަފުށީ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށައެޅީމެވެ. އަދި އެމައްސަލަ ތަހްޤީޤް ކުރުމަށްފަހު ތަހްޤީޤުން އެނގިފައިވަނީ ބަހިއްޔާ ޕްރީ ސްކޫލުން ގެއްލިފައިވަނީ -/13000 ރުފިޔާކަން ތަހްޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ހޯދިފައިނުވާކަމަށްވެސް އަންގާފައިވެއެވެ”

ނޯޓް: ޖަވާބު ހިމަނާފައިވަނީ އޭދަފުށީ ކައުންސިލް އިދާރާއިން ލިއުމުން ފޮނުވާފައިވާ އިބާރާތް އޮތް ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top