ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް. ފައިސާ ނަގާނީ އަޅާ ބަރުދަނަށް!

dsc09837-876x584-1.jpg

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، މި ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކުރުމަށް މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އިން ނިންމައިފިއެވެ.

މި ނިންމުމާ އެއްގޮތަށް 7 ނޮވެމްބަރު 2026 އިން ފެށިގެން އަމަލުކުރަން ފަށާއިރު، ފުޅިތަކަށް ގޭސް އަޅައިދިނުމަށް ހަމަޖެހިފައިވަނީ 10ކިލޯގެ ފުޅިއަކަށް 7 ކިލޯގެ ގޭސް، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް، 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭހުގެ މަގުންނެވެ.

މި ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަގު ބޮޑުނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. އެގޮތުން ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ކިލޯ ރޭޓުން، ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް އެކަންޏެވެ.

ގޭސްފުޅި ބަރުކޮށްދޭ މިންވަރު މަދުކޮށް، ބަދަލުތައް އާންމުކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މޯލްޑިވް ގޭހުން އޭރު ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅިވެސް ވިއްކާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢު ނިމުމުން، އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، ކުރިމަތިވެފައިވާ މި ދައްޗަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top