ސާކްޝީތަންވާރް : ޓީވީ ޑްރާމާ އަކުން ސާކްޝީ ތައާރަފްވެ މަޝްހޫރުކަން ހޯދާފައިވަނީ “ކަހާނީ ގަރްގަރްކީ ” އިންނާއި “ބަޅޭ އައްޗޭ ލަގްތޭ ހޭ “ގައި އޭނާ ދައްކާފައިވާ ކުޅަދާނަ ކަމުނެނެވެ. އުމުރުން މިހާރު 43 އަހަރުވެފައިވާއިރުވެސް ސާކްޝީ ފެންނަނީ އޭނާގެ އުމުރަށްވުރެ ޒުވާން ކޮށެވެ.
ރާދިކާ މަދަން : މަޝްހޫރުވެފައިވަނީ ކަލާސްޓީވީ އިން ދައްކަމުން ގެންދާ “މެރީ އާޝިގީ ތުމްސޭހީ “އިންނެވެ. އުމުރުން 21 އަހަރުގެ ރާދިކާ އަކީ ޓީވީ އެކްޓްރެސް އެއްގެ އިތުރުން ދިއްލީގައި ޑާންސް އިންސްޓްރަކްޓަރެއްގެ ގޮތުންވެސް މަސައްކަތް ކުރަމުން އަންނަ ތަރިއެކެވެ.
ކަރިޝްމާ ތަންނާ : ބިގްބޮސް ސީޒަން 8 އިން މަޝްހޫރު ކަން ހޯދާފައިވާ ކަރިޝްމާ ވަނީ ބޮލީވުޑްގެ ފިލްމެއް ކުޅެފައެވެ. ޓީވީ ޝޯ ހުށަހަޅައިދނުމުގެ އިތުރުން ޝޯތަކުގައި ބައިވެރިވަމުންވެސްދެއެވެ. އެވެ. 32 އަހަރުގެ ކަރިޝްމާ އުފަންވެފައިވަނީ މުމްބާއީގައެވެ.
ޝްވޭތާ ތިވާރީ: ޕްރޭނާގެ ނަމުން “ކަސޯޓީ ޒިންދަގީ ކޭ”އިން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝްވޭތާ އުފަންވެފައިވަނީ 4 އޮކްޓޯބަރ 1980ގައި އުއްތަރްޕަރަދޭޝްގައެވެ. އުމުރަކީ 35 އަހަރެވެ.
ދިވްޔަންކާ ތްރިޕަތީ: 31 އަހަރުގެ ދިވްޔަންކާ ތްރިޕަތީ ވަނީ ވަރަށް ފަހުން އޭނާގެ ކޯސްޓާރ ވިވެކް ބާހިޔާ އާއި ކައިވެނިކޮށްފައެވެ. އެންމެ މޮޅު ޓީވީ އެކްޓްރެސްއެއްގެ ގޮތުގައި ބެލުންތެރިން ހޮވާފައިވާ ދިވްޔަންކާ މިހާރު ކުޅެމުން އަންނަނީ ސްޓާރ ޕްލަސްއިން ގެނެސްދޭ “ޔޭހޭ މުހައްބަތޭ ” އެވެ. މި ޑްރާމާއިން އޭނާ ފެނިގެން ދަނީ އިޝީތާގެ ނަމުގައި ގެވެހި އަނތްބެއްގެގޮތުގައާއި ހިންގުންތެރި ޅީދަރިފުޅެއްގެ ގޮތުގައެވެ.
ލަވްލީން ކައުރް ސޭސަން : ގިނަ މީހުންނަށް މި އެކްޓްރެސް އެނގިފައި އޮންނާނީ ޓީވީ ޝޯ “ސާތްނިބާނޭ ސާތިޔާ ” އިން ޕަރިދީގެ ނަމުންނެވެ. 16 ޖޫން 1990ގައި ޖައްމޫ ކަޝްމީރުގައި އުފަންވެފައިވާ ލަވްލީންގެ އުމުރަކީ 26 އަހަރެވެ.
ހީނާ ޚާން : އަކްޝަރާގެ ނަމުން މަޝްހޫރުވެފައިވާ ހީނާ އަކީ ސްޓާރ ޕްލަސްގެ “ޔޭ ރިޝްތާ ކިޔާ ކެހެނާ “ގެ ބަތަލާއެވެ. ޝްރީ ނަރްގެ މުސްލިމް އާއިލާއަކަސް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހީނާ އުފަންވެފައިވަނީ އޮކްޓޯބަރ 1987 ގައެވެ.
ދެވްލީނާ : “ސާތުނިބާނާ ސާތިޔާ “ގައި އުޅޭ ދެވްލީނާގެ އުމުރަކީ 25 އަހަރެވެ. ބަންގާޅީ އާއިލާ އަކަށް ނިސްބަތްވާ ދެވްލީނާ އުފަންވެފައިވަނީ އޮގަސްޓް 22ގައެވެ.
ދިޕިކާސިންގ :ދިޔާ އައުރު ބާތީ އިން މޮޅު އެކްޓެއް ދައްކަމުން ގެންދާ 26 އަހަރުގެ ސަނދިޔާ އުފަންވެފައިވަނީ 26ޖުލައި 1989 ގައި ދިއްލީގެ ރާޖްޕުތު ފެމިލީއަށެވެ.
އަނީތާ ހަސަނުއްދާނީ: ވަރަށްފަހުން ރާއްޖެއައި ޓީވީ ތަރި އަނީތާ ހަސަނުއްދާނީ އުފަންވެފައިވަނީ 14 އެޕްރިލް 1980 ގައެވެ. އުމުރުން 36 އަހަރުގެ އަނީތާ ދިވެހިންގެ މެދުގައި މަގްބޫލުވެފައިވަނީ ޝަގުންގެ ނަމުންނެވެ. އެއީ އޭނާ ކުޅެމުން ގެންދާ ސިލްސިލާ ޑްރާމާ “ޔޭހޭ މުހައްބަތޭ “ގައި އަދާކުރާ ރޯލުގައި އޭނާ އަށް ކިޔާނަމެވެ.
މޯނީ ރޯއީ :ޓީވީގެ އެންމެ މަގްބޫލު އެކްޓްރެސްގެ ގޮތުގައި ހޮވިފައިވާ 30 އަހަރުގެ މޯނީގެ އުފަންދުވަހަކީ 28ސެޕްޓެމްބަރ 1985އެވެ. އުފަންވެފައިވަނީ ވެސްޓްބެންގާލްގެ މެދުމިނުގެ އާއިލާއަކަށެވެ.