މާލޭގެ ގެއެއްގައި ގޭސް ލީކުވެ އަންހެނަކު މަރުވެއްޖެ

b_202608270116361787818596.9741.jpeg

ދިލްކުޝާ ގޯޅީގައި މިގޭގެ ފުރަތަމަ ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ގޭސް ލީކުމުގެ ހާދިސާއެއް ހިނގައި އަންހެނަކު ވަނީ މަރުވެފައި. -- (ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ)

މާލޭގެ ގެއެއްގައި ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ގޭސް ލީކުވެފައި ވަނީ މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 10:34 އެހާއިރު އެވެ.

ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ:

  • ދަފްތަރު ނަންބަރު ރސ. 6210/ މާލެ، ޒާހިދާ ތައުފީގު، 51އ.

ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާއަށް، ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ، އޭނާ ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާއިރު، އެ ގެ ހުރި ހިސާބުގައި ގޭސް ވަސް ވަރަށް ގަދަޔަށް ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top