އޭދަފުށީ އިންޖީނުގޭގެ މަސައްކަތް , މިނިސްޓަރު އަލީ ޝަރީފް، ބައްލަވާލައްވައިފި

img_md_202608190135241787128524.3519.jpg

ބ. އޭދަފުށީގައި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ބައްލަވާލެއްވުމަށް، މިނިސްޓަރު ޢަލީ ޝަރީފް އެ ރަށުގެ އިންޖީނުގެއާއި، ފެނާއި ނަރުދަމާ ޚިދުމަތް ދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އިއްޔެ މިނިސްޓަރު މިކުރެއްވި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އޭދަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ހިނގަމުންދާ ގޮތް ވަޒަންކުރެއްވުމެވެ. އަދި މި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އިތުބާރާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އޮޕަރޭޝަނަލް ގޮތުން މަސައްކަތްތަކުގެ ހިންގުން މިހާރަށްވުރެ ހަލުވިކޮށް ފުރިހަމަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މި ދަތުރުފުޅުގައި މަޝްވަރާކުރެއްވިއެވެ.

ސްޓެލްކޯއިން އޭދަފުށީގައި ދެމުންގެންދާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ބައްލަވާލެއްވުމަށްފަހު، އެ ތަންތަނުގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި އަދި ޒަމާނީ ފެންވަރެއްގައި ފޯރުކޮށްދިނުން ކަމުގައި މި ބައްދަލުވުންތަކުގައި ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top