ގުރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓާ އެކު ހަރުވާޅު ލާން ޖެހޭ

DSCN1098.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓް ލާން ބޭނުން ނަމަ ހަރުވާޅުލާން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ “ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު” ނެރެފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މިނިސްޓްރީން މި އުސޫލު އެކުލެވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތް ކުރުމަށެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

މި އުސޫލުގައިވާ ގޮތުން، ޔުނީފޯމާ އެކީ ސްކާޓު އެކަނި ލެވޭނީ ހަމައެކަނި ބޭބީ ނާސަރީން ފެށިގެން ތިންވަނަ ގުރޭޑާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިޚްތިޔާރު ދީފައިވެއެވެ. އަދި، ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނައިރު އޭގެ ދަށުން ހަރުވާޅު ލާ ގޮތަށް ލާޒިމުކުރެއެވެ. ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށް ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. އެ ބަދަލާ އެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top