ހިތާދޫ ބަނދަރުގެ މަސައްކަތް ހިނގާގޮތް ބައްލަވައިލައްވައިފި

img_md_202501310229281738315768.9528.jpg

ބ.ހިތާދޫގައި އެމްޓީސީ އިން ކުރިއަށް ގެންދާ އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހިނގާގޮތް އެކުންފުނީގެ ޑެޕިއުޓީ އެމްޑީ މުޙައްމަދު ޖަމްޝީދު އާއި ކުންފުނީގެ އިސްވެރިންގެ ވަފުދެއް މިއަދު ހިތާދޫއަށް ޒިޔާރަތްކޮށް، ބައްލަވާލައްވައިފިއެވެ.

ޑެޕިއުޓީ އެމްޑީ އާއި ވަފުދުން ވަނީ ހިތާދޫ ބަނދަރުގެ ބްރޭކްވޯޓަރ އަދި ކީވޯލް އެޅުމުގެ މަސައްކަތުގެ އިތުރުން، ހިތާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތް ކުރިއަށްދާ ގޮތާއި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މި ވަފްދު ވަނީ މަޝްވަރާކުރައްވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top