މެޑްޓެކުގެ ސުކޫކު ފައިދާ: ދެ މިލިއަން ބަހައިފި

Corp-Feature-Photo-78-q6sq4m6d1ge18abdmm1j988l5e0cpfdmrawuelpo38.jpg

މި އަހަރުގެ އެޕްރީލް މަހު މެޑްޓެކް ޑައިގްނޯސްޓިކް އިން ވިއްކި ސުކޫކުގެ ޕީރިއަޑިކް ފައިދާގެ ގޮތުގައި ސުކޫކުގައި އިންވެސްޓްކުރި މީހުންނަށް ދެ މިލިއަން ރުފިޔާ ބަހައިފި އެވެ.

އެ ސުކޫކުގެ ލީޑް އެރޭންޖަރު ފަސްޓް ނެޝަނަލް އިން ބުނީ، އެ ފައިސާ އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ. އެ ސުކޫކުގައި އިންވެސްޓް ކުރި ފަރާތްތަކަށް އަހަރަކު ދެ ފަހަރު ހަތް އަހަރުވަން ދެން ފައިދާ ބަހަމުން ގެންދާނެ އެވެ.

ސިއްހީ ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފުޅާ ދާއިރާގައި ފޯރުކޮށްދޭ މެޑްޓެކުން ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި ސުކޫކް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލްގައި ލިސްޓުކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ސުކޫކު ލިސްޓު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ އިންވެސްޓަރުން މެޑްޓެކް ސުކޫކުގައި ބައިވެރިވެފަ އެވެ.

މި ފަހަރު ސުކޫކު ހޯލްޑަރުންނަށް ބެހި އަދަދަށް ބަލައި ސުކޫކަކަށް ފައިދާގެ ގޮތުގައި ޖެހިފައިވަނީ 97.82ރ. އެވެ. މިއީ އެންމެ ފަހުން ކެޕިޓަަލް މާކެޓުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

މެޑްޓެކުން ސުކޫކު ވިއްކީ އެކުންފުނިން ގާއިމް ކުރުމަށް ހަމަޖެހިފައިވާ ހެލްތް އެންޑް ވެލްނެސް ސެންޓަރަށް ހުޅުމާލޭގައި ހެލްތު އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް، ހިންގުމަށް ފައިސާ ހޯދުމަށެވެ. އެ ކުންފުނިން ވިއްކީ 30 މިލިއަން ރުފިޔާގެ މުޝާރަކާ މުތަނާގިލާގެ ސުކޫކެވެ. އެ ސުކޫކަށް އިންވެސްޓްކުރި ފަރާތްތަކަށް 9 ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ.

ފަސްޓު ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، މެޓްޓެކުން އިޝޫ ކުރި ސުކޫކުގެ ސަބަބުން، ރާއްޖޭގެ އިސްލާމިކް ފައިނޭންސް މާކެޓު ތަރައްގީ ކުރަން ހިތްވަރު ލިބުނު ކަމަށެވެ.

“މެޑްޓެކުން ކުރިއަށް އޮތްތާނގައި ވެސް ސުކޫކުގެ އިންވެސްޓަރުންނަށް ބެހުމަށް އެއްބަސްވެފައިވާ ފައިދާ ޕްރޮސްޕެކްޓަސްގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް،” އޭނާ ވިދާޅުވި އެވެ. (މައުލޫމާތު: މިހާރު )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top