ބ.އޭދަފުށިން އިތުރު ދެ ބިދޭސީއަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ދެ ބިދޭސީންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާއިން މިއަދު ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.
އެމީހުން ކޮވިޑަށް ޕޮޒިޓިވް ވީ ނަމަވެސް ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަކީވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބިދޭސީ ދެ ޓީޗަރުންނެވެ. އެމީހުން ކަރަންޓީނު ވެފައިވަނީ ސްކޫލްގެ ފުރަތަމަ ޓާމްގެ ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމުން އެނބުރި އައުމަށްފަހު އެވެ.
މީގެ ކުރިންވެސް ރާއްޖެއިން ބޭރުން ނާއި މާލެއިން އައިސް އޭދަފުށީގައި ކަރަަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނަގާ ސާމްޕަލް އިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް 14277 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަްެވެ.
ކިޔުންތެރިންގެ ޚިޔާލު