ކުޑަރިކިލުން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ.

unnamed.jpg

ބ.ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު އައްބާސް ވިދާޅުވީ އެމީހާއަކީ މިދިޔަ މަހުގެ 23 ގައި އެރަށަށް އައިސްފައިވާ މީހެއް ކަމަށެވެ.

އޭނާގެ ސާމްޕަލް ނަގައި އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރަށް މިއަދު ފޮނުވުމުން، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެ ސެންޓަރުން ކައުންސިލަށް އަންގާފައިވާ ކަމަށާ އަދި އެމީހާގެ ހާލު ސިއްހީ މަރުކަޒުން ބަލަމުން އަންނަ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ހަންނާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް ކޭސް ފެނުމާ ގުޅިގެން ރަށުގައި މާސްކު އަޅައިގެން އުޅުމަށާއި އެއްވެ ނޫޅުމަށް ރަށު ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top