ދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް އިންވެސްޓްމަންޓަކަށް ރާއްޖޭގައި ފުރުސަތެއްނެތް: ރައީސް

451c12d1-2028-44cd-b6f3-45df1b7c7268.jpg

އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ އަދި ދިވެހިން ޤަބޫލުކުރާ ހަމަތަކާ ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނެ ކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ލިބޭނީ އެ ހަމަތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ ފަރާތްތަކަށް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ރަސްމާލޭގެ މަޝްރޫޢާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދުދެއްވާފައެވެ. އެގޮތުން ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ދައްކަނީ ޙަޤީޤަތް އޮޅުވާލުމަށް، އެއްވެސް އަސާސެއް ނެތް ގޮތަށް ދައްކާ ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެެ. އަދި މިފަދަ ކަންކަމުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް ބަޔަކު މަސައްކަތްކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ ސިޔާސަތު މިކަމުގައި ވަރަށް ސާފުކަން ހާމަކުރައްވަމުން، ރާއްޖޭގެ އިސްތިޤުލާލަށާއި، އިޖުތިމާޢީ ފޭރާމަށް ނުވަތަ ޤައުމީ ލާބައަށް ގެއްލުން ލިބޭނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ސަރުކާރުން އަބަދުވެސް ހިފަހައްޓާނީ ޤައުމާއި ދީނުގެ މަޞްލަޙަތު އިސްކުރާ ސްޓޭންޑް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top