ތުޅާދޫ ކައުންސިލުން ހައުސިން މިނިސްޓްރީ ގޮވައިގެން ކޯޓަށް ؟

original_1768119338218.jpg

ތުޅާދޫ ހައުސިން ޔުނިޓްތައް.. ފޮޓޯ: ވޮއިސް

ތުޅާދޫގައި ސަރުކާރުން ތަރައްގީ ކޯށްފައިވާ ރޯހައުސް ތަކުގެ މައްސަލާއިގާ ހައުސިން މިނިސްޓްރީ ގޮވައިގެން ތުޅާދޫ ކައުންސިލުން ކޯޓަށްދާން ތައްޔާރުވެއްޖެއެވެ.

އިއްޔެ ބޭއްވި ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 270 ވަނަ ޖަލްސާގައި، ހައުސިން ޔުނިޓްތަކުގެ މައްސަލާގައި ޤާނޫނީ ލަފާ ހޯދައި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު އޮތްނަމަ ޝަރިއަތަށް މައްސަލަ ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ، މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމާފައެވެ.

މައްސަލަ ބޮޑުވެފައިވާ ތުޅާދޫ ހައުސިން ޔުނިޓްތައް މިނިސްޓްރީން ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގުމަށްފަހު މިނިސްޓްރީން އިއްޔެ ވަނީ އެ 100 ހައުސިން ޔުނިޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.

ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައިމިވަނީ މީގެ ކުރިން ކައުންސިލުން އެ ޔުނިޓްތައް ދޫކުރަން ހުޅުވާލައި ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ނެރެ އެކަމާ ގުޅޭ މައްސަލައެއް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދަނިކޮށެވެ.

ތުޅާދޫގައި ތަރައްގީކުރި ރޯހައުސްތަކަށް ރައްޔިތުންގެ ތެރެއިން 623 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ ސަތޭކައެއްހައި މީހުން ފޯމް ލިއެވެ. މި ރޯހައުސްތައް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެތަންތަން އިމާރާތްކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރެވެ.

79.6 މިލިއަން ރުފިޔާ ގެ މި ޔުނިޓްތައް ތަރައްޤީ ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top