މޫސުން އިތުރަށް ގޯސްވެއްޖެ، ހއ.އިން ބ.އަތޮޅާއި ހަމައަށް ޔެލޯއެލާޓް!

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ހުޅަނގު މޫސުމުގެ ހެއި ނަކަތުގެ ވިއްސާރައިގާ މިއަދު އިތުރަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

މިއަދު 6:30 އާއި ހަމައަށް މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވާ އިރު މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ގެ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

މެޓުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top