ކަރަންޓުގެ ހިދުމަތުގެ އަގު ހަަމަހަމަކުރަން ގަރާރެއް

large-156386287034ujqc-876x584.jpg

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން މަޖިލީހުގައި ވާހަކަދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރާއްޖެ ތެރޭގައި ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ނަގާ އަގު، މާލެއާ އެއް ހަމަ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، މި ގަރާރު ހުށައަޅުއްވަމުން ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އއ، އދ، ކ އަދި ވ. އަތޮޅުގެ ރަށްތަކާއި އަދި ފެނަކައިން ހިދުމަތް ދޭ ރަށްތަކުގައި ވިޔަފާރިތަކަށް ކަރަންޓު ބިލުކުރާ ވަރު ވަރަށް ބޮޑު ކަމަށެވެ.

އަދި އޭގެ ޝަކުވާ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ޑައިވް ސެންޓަރުތަކާއި އަދި ހޮޓާ ރެސްޓޯރެންޓްތަކުން ކުރާ ކަމަށް ބުނެފައިވެއެވެ.

އަދި އޭގެ ސަބަބުން ފައިދާވާނެ ވަރަށް ފައިސާ ނުުހުންނަ ކަމަށާއި އަދި ވިޔަފާރިތައް ހިންގަނީ ގެއްލުމުގައި ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓަށް ބިލުކުރަން ޝިޔާން ގޮވާލެއްވި އެވެ. އަދި ރޭޓްތައް އެއްވަރު ނުކުރެވޭނަމަ ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއި ފަސޭހައެއް ދިނުމަށް ވެސް ހުށަހަޅާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top