އޯލެވެލް ގަދަ 10ގައި ރެކޯޑު އަދަދަކަށް ދަރިވަރުން

075038-f-ef-6-gt-puuau-6-g.jpg

މިދޔަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު ރެކޯޑު އަދަދަކަށް މަތިވެއްޖެ އެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި ގޮތުގައި ޖޫން/ ޖުލައިގައި އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި 700 އެއްހާ ދަރިވަރުން ހިމެނެއެވެ.

މީގެ ކުރިން އޯ ލެވެލް ގަދަ 10 ގައި ހިމެނުނު ކުދިންނަށް ބަލާއިރު އެއަދަދު އުޅެނީ 400-600 އާއި ދެމެދުގަ އެވެ.

މިހާ ގިނަ ދަރިވަރުން ގަދަ 10ގައި ހިމެނުނީ ބައެއް މާއްދާތަކުން މާކްސް ދޭ ކްރިޓީރިއާ ކޮވިޑު-19 ގެ ސަބަބުން މި ފަހަރު ވެސް ދަށް ކޮށްފައި ވާތީ އެވެ.

ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 24 އާއި 25 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީން މި ޖަލްސާ ދެ ރެއަށް ބަހާލައިގެން ބޭއްވުމަށް ނިންމެވީ ވެސް ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު ގިނަވުމުންނެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދިނުން 24 އަދި 25 އޮގަސްޓްގައި ދަރުބާރުގޭގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެކަން އަންގައި، މިނިސްޓްރީން މިހާރު ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިޔުން ފޮނުވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top