”އެމް. ސެވަން ސްކޫލް ފޮތްލިސްޓް-2022“ ޕްރީ އޯޑަރ ފެށިއްޖެ

viber_image_2022-06-22_12-04-56-539.jpg

އެމް7 ބުކް ސްޓޯރު

ބ.ހިތާދޫ ކުރީގެ ކަތީބު އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ އެމް ސެވަން ކުންފުނީގެ ދަށުން ހިންގާ އެމް7 ބުކްސްޓޯރުން އެމް.ސެވަން ސްކޫލް ފޮތްލިސްޓް-2022 ޕްރޮމޯ މިއަހަރުވެސް ކުރިއަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ.

ވޭތުވެ ދިޔަ ތިން އަހަރުން ފެށިގެން އެމް 7 ބުކް ސްޓޯރުންވަނީ ސްކޫލް ސީޒަނަށް ފުރިހަމައަށް ތައްޔާރުވެގެން ކަސްޓަމަރުން ބޭނުންވާ ފުރިހަމަ ކޮލިޓީގައި މިޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގައި ރައްޔިތުންގެ އިތުބާރު ހޯދާފައެވެ.

މި ޕްރޮގްރާމް ހިނގަމުންދާ ގޮތާބެހޭ މައުލޫމާތު ދެއްވަމުން އެމް7 ގެ އެމްޑީ، މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ މިއަހަރުގެ ޕްރޮމޯޝަންގައިވެސް ސްކޫލް ކުދިންގެ ފޮތް ލިސްޓް ހުންނާނީ ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ވަގުތުން ގެންދެވޭ ގޮތަށް ކަމަށެވެ. ހަމައެހެންމެ އެމްސެވަން ފޭސްބުކްގައި ލިސްޓްކުރެވިފައިވާ އަތޮޅުތަކުގެ އޭޖެންޓްގެ އިތުރުން އެމްސެވަން ބުކްޝޮޕް އަމީނީމަގު، އެމްސެވަން ބުކްޝޮޕް ހުޅުމާލެ (ވިޔަވެތި ކައިރި) އަދި އެމްސެވަން ބުކްޝޮޕް ހިޔާ-02 އިން މި ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

”އެއްވެސް ތަފާތު ކުރުމެއްނެތި، މާލެއާއި އަތޮޅުތަކުންވެސް އެކުވެރި ފިހާރަތަކުންނާއި، އޭޖެންޓުން މެދުވެރިކޮށް އެއް ކޮލިޓީއެއްގައި ފޮތްލިސްޓްތައް ލިބޭނެ ގޮތް ރޭވިގެން ދިޔައީ އެމްސެވަން އިން މީގެ 3 އަހަރު ކުރިން އިސްނަގައިގެން ގެނައި އީޖާދީ ވިސްނުމުގެ ތެރެއިން. އެ ކަން އަތޮޅުތަކުގައި ދިރިއުޅުއްވާ ގިނަ ފަރާތްތަކަކުން ގަބޫލު ކުރޭ.“އެމްޑީ ސައްތާރު ވިދާޅުވިއެވެ.

ސްކޫލް ފޮތްލިސްޓަށް ތަކެތި ނަގަންވެސް ކުރިން އޮތް އާދޭސް ކުރުމުގެ ސަގާފަތުގެ ދަށުން ހަވާލު ކުރާ ފޮތް ލިސްޓްތަކަށް ތަކެތި ލިބެމުން ދިޔައީ އޭގެ ދެތިން ދުވަސް ފަހުން ނުވަތަ ޖެހިގެން އަންނަ ދަތުރުގައެވެ. އެހެންނަމަވެސް އެކަން ބަދަލުކޮށް ވަގުތުން އަދި ފަސޭހަ ކަމާއި އެކު އުފުލޭނެ ފެންވަރު ރަނގަޅު ޕެކޭޖެއްގައި ތައްޔާރުކުރަން ފެށުމުގައިވެސް އެމްސެވަން ގެ ދައުރު ފާހަގަކުރެވެއެވެ.

އެމް 7 އިން ދޫކުރާ ފޮތްލިސްޓުގައިވާ މޮނިޓަ ފޮތާއި އެހެނިހެން ސްޓޭޝަނަރީ އަކީ ދަރިވަރުންގެ އިތުބާރު ލިބިފައިވާ މެލޭޝިޔާގެ މޮޅު ކޮލިޓީ ފާހަގަކުރެވެއެވެ.

މިފަހަރުގެ ފޮތްލިސްޓުގައި ވެސް ސެލޯފެންއާއި ޓޭޕް ގެ އިތުރުން، މުޅިން ހިލޭ ވަރަށް ކޮލިޓީ ރަނގަޅު ސްކޫލް ދަބަހެއްވެސް ކޮންމެ ލިސްޓަކަށް ސްޓޮކް ހުސްވަންދެން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެމްސެވަން އިން ވިދާޅުވެއެވެ.

ފޮތްލިސްޓް އެޑްވާންސްކޮށް ބުކްކޮށްލުމަށް ވައިބަކުރައްވާނީ، ގްރޭޑް، އަދި ސްކޫލްގެ ނަން ޖެއްސެވުމަށްފަހު ރަށު އެޖެންޓަށް ނުވަތަ އެމްސެވަން ހޮޓްލައިން 9993610 ނުވަތަ 9829397 އަށެވެ.

އެމް7ގެ އޭދަފުށީގެ އެޖެންޓަކީ ”ބީފާނު “ ފިހާރަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top