މިއަދުގެ މޫސުން: 50މޭލަށް ވައިބާރުވެ އުދަ އަރާފާނެ!

IMG_20220514_120713038-1.jpg

މިހާރު ކުރަމުންމިދާ ހުނޅަގު މޫސުމުގެ ވިއްސަރާއާއި ގުޅިގެން ގަޑިއަކު 50 މޭލަށް ވައިބާރުވެ އުދައަރާފާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީއިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ހެނދުނު 10:00 އިން މެންދުރު 15:00 އަށެވެ.

އެސަރަހައްދުގެ ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެ އެވެ.

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމާއި ކަނޑާއި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top