ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން, ޕީޕީއެމުން ކާމިޔާބުކޮށްފި

Fathimath-Nazima-PPM.jpg

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބުކޮށްފިއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިައިވަނީ 358 ވޯޓެވެ.

މި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާބު ކުރުމުން އެމްއެންޕީ އިން ވަނީ ވޯޓް އަލުން ގުނައި ދޭން އިލެކްޝަންސް ކޮމިޝަންގައި އެދުމަށް ނިންމައިފައެވެ. އެ ޕާޓިން ބުނީ ވޯޓު އަލުން ގުނައިދޭން އެދުމަށް ޕާޓީން ނިންމީ އެންމެ ވޯޓެއްގެ ފަރަގުން އިންތިހާބުގެ ނަތީޖާ ކަނޑައެޅުނުއިރު ވޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެފައިވާތީ ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top