ސޮނެވާގެ ކޮންމެ މުވައްޒަފަކަށް މިމަހު ބައިލައްކަ ރުފިޔާގެ ސާވިސްޗާޖެއް

267629325.jpg

ސޮނެވާފުށީ --ފޮޓޯ :ބުކިންގ .ކޮމް

މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ ރިސޯޓުތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.

ރިސޯޓްތަކުގެ ސާވިސްޗާޖުގެ މައުލޫމާތު ހާމަކުރާ ޕޭޖުތަކުގައި އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް މި މަހު ދީފައިވަނީ ސޮނެވާ ފުށިންނެވެ. އެރިސޯޓުން ކޮންމެ މުވައްޒަފަކަށް 3،253.64 ޑޮލަރު (50،171ރ.) ދީފައިވެ އެވެ.

ސޮނެވާ އާއި އެންމެ ގާތުން ދެން އެންމެ ބޮޑު އަދަދެއް ދީފައިވަނީ އަނަންތަރާ ކިހަވައް ރިސޯޓުންނެވެ.  އެރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 2126 ޑޮލަރު ނުވަތަ 32782 ރުފިޔާއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މި މަހު ބައިލައްކަ އަށްވުރެ މަތީން އެންމެ ބޮޑު އަދަދެއްގެ ސާވިސްޗާޖް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނާއި ވަލްޑޯފް އެސްޓޯރިއާ އިތާފުށިންނެވެ. ވެލާ އިން ކޮންމެ މުވައްޒަފަކަށް 3،660 ޑޮލަރު (56،437ރ.) ދީފައިވާއިރު އިތާފުށިން ކޮންމެ މުވައްޒަފަކަށް 3320 ޑޮލަރު (51،194ރ.) ދީފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހަކީ އާއަހަރު ފާހަގަކުރަން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ދުވަސްވަރަކަށް ވާތީ ގިނަ ރިސޯޓުތަކުން ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހަ އެވެ.

ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަނީ ރިސޯޓުތަކުގެ މުވައްޒަފުން ދޭ މައުލޫމާތުގެ މައްޗަށެވެ. ބައެއް ރިސޯޓުތަކުން މި މަހު ސާވިސްޗާޖު ބެހި އަދަދުތަކެއް ހާމައެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top