ފެނަކައިގެ މައްސަލައަކުން މިހާރު އެއްވެސް ރަށަކުން ކަރަންޓު ނުކެނޑޭނެ: ސައީދު

big_RSiM4hg54GZu7ZFu4pMOcE86C.jpg

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު ، ރައީސް ސޯލިހާ އެކު--ފޮޓޯ: ރައީސް އޮފީސް

ކެޕޭސިޓީގެ މައްސަލައެއް ގައި ފެނަކައިގެ ޚިދުމަތް ދޭ އެއްވެސް ރަށަކުން މިހާރު ކަރަންޓު ކަނޑައިގެން ނުދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ނ. މަގޫދޫގައި އާ އިންޖީނުގެ ހުޅުވުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖޭގައި ފެނަކައިގެ ހިދުމަތްދޭ އެއްވެސް ތަނަކުން ކެޕޭސިޓީގެ މައްސަލައެއްގައި ނުވަތަ ފެނަކައިގެ މުވައްޒަފުން ފަރުވާކުޑަވެގެން ކަރަންޓް ކެނޑިގެން ނުދާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަންރައީސަށްދެއްވިއެވެ.

އެހެން ނަމަވެސް ކަރަންޓު ކެނޑިދާނެ ކަމަށާއ ހަމައެކަނި އޮތް ކަމަަކީ އެކަމަށް ގަވައިދުން ކުރަން ޖެހޭ މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެ މައްސަލައެއް ހައްލުކޮށްދިނުމަށް ހާޒިރުވެ އެކަން ކުރުންކަމަށް ސައީދު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top