މަސައްކަތް ނުފަށާ އޮތް 23 ރަށުގެ ފެނާއިނަރުދަމާ އަޅަން ހަވާލު ކޮށްފި

FHwOGNmVcAAFtYB.jpeg

ފެނާއި ނަރުދަމާގެ ނިޒާމު އަޅާފައިނެތް ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ، މާކެޓެކް މޯލްޑިވްސް، އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މިއަދު މަސައްކަތް ފެށުމަށް ހަވާލު ކުރި 23 ރަށާއެކު، ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލު ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން 900 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ އެއްބަސް ވުމުގައި ވާގޮތުން ސަރވޭކުރުން، ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުން، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުން، ސީ އައުޓް ފޯލް އެޅުން، އިދާރީ އޮފީސް ޤާއިމްކުރުން ހިމެނެއެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރަން  ހަވާލުކުރުމުގެ އިތުރުން 16 ރަށެއްގެ ނަރުދަމާ އެޅުމަށް ވެސް ވަނީ ހަވާލުކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top