ކޮވިޑް ވެކްސިން ޕާސްޕޯޓު ތައާރަފު ކޮށްފި

Covid-vaccination-1614614615.png

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ “ކޮވިޑް-19 ވެކްސިން ޑިޖިޓަލް ޕާސްޕޯޓް” ރާއްޖޭގައި މިއަދު ތައާރަފު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، މިއަދު ރަސްމީކޮށް މި ޕާސްޕޯޓު ބޭނުންކުރެވިގެން ދިޔައީ މީގެ ކުރިން ޕާސްޕޯޓުގައި ފުރިހަމަ ނުވެ ހުރި ކަންކަން ފުރިހަމަކޮށް ބައިނަލް އަގުވާމީ ދުނިޔޭގައި މި ޕާސްޕޯޓު ފަސޭހަ ކަމާއިއެކު ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

މި ޕޯޓަލް މެދުވެރިކޮށް ވެކްސިން ސްޓޭޓަސް އާއި، މޮބިލިޓީ ސްޓޭޓަސްގެ އިތުރުން އެމީހަކު އެންމެ ފަހުން ނެގި ކޮވިޑް ސާމްޕަލްގެ ނަތީޖާ ބަލާލެވޭނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ބަލާލުމަށް އިތުރު ރަޖިސްޓްރޭޝަނެއް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. ޕޯޓަލްގައި އެމީހެއްގެ އައިޑީ ކާޑު ނަމްބަރު އަދި ފޯނު ނަމްބަރު ޖެހުމުން އެމީހެއްގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

ކޮވިޑް ސޭފް ޕޯޓަލް ބޭނުންކުރާނެ ގޮތް:

♦ covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަންބަރު ޖެހުމަށްފަހު ފޯނު ނަންބަރު ޖަހަން އަރާނެ

♦ އޯޓީޕީ ޖެހުމަށް ފަހު ޕޯޓަލްއަށް ވަދެވޭނެ

♦ މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން  އެކަނި

♦ އެމީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާ ކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ

އެޗްޕީއޭއިން ބުނީ ކޮވިޑް ސޭފް މެދުވެރިކޮށް އެމީހެއްގެ އެވަގުތުގެ ކޮވިޑް-19ގެ ހާލަތާ، އެމީހެއްގެ ކަރަންޓީން ހާލަތު އަދި އެންމެ ފަހުގެ ކޮވިޑް-19 ޓެސްޓުތަކުގެ ނަތީޖާ ވެސް ފެނިގެންދާނެ ކަމަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top