ފައިސާ ފޮނުވަން ކުރާ ކޯލްތަކަށް ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސް ކޮށްފި

large_158338657028uOCr.jpg

ބޭންކް އޮފް މޯލްޑިވްސް --ފޮޓޯ :ބީއެމްއެލް

އެކައުންޓަށް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލުތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަމަރުންނަށް ގުޅަމުން އަންނަ ކަމަށެވެ.

ނަމަވެސް ބީއެމްއެލުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށާއި އަދި އެކައުންޓުގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނުބުނާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. ހާއްސަކޮށް މޮަބައިލް ނަންބަރު ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

“އެހެންކަމުން އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރަމެވެ. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އިލްތިމާސް ކުރަމެވެ.” ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބޭންކުން ކަމަށް ބުނެ ލިބޭ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާ ނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށް ވެސް ބޭންކުން އިލްތިމާސް ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top