ލަންކާގައި މޫނުބުރުގާ އެޅުން މަނާކޮށް، 1،000 އިސްލާމީ ސްކޫލް ބަންދުކޮށްފި

Niqabs-in-the-Pandemic.jpg

އަވައްޓެރި ސްރީލަންކާގައި މޫނުބުރުގާ އެޅުން މަނާކޮށް އިސްލާމީ ސްކޫލުތައް ބަންދުކުރުމަށް ނިންމައިފިކަމަށް ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސޭކެރަ ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ, ލަންކާގައި މޫނުބުރުގާ އެޅުމާއި އިސްލާމީ ތައުލީމުދޭ ސްކޫލުތައް ބަންދުކުރުމާބެހޭ ލިޔުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެލިޔުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާނެ ކަމަށާއި އެކަމަކު އެފަދަ ނިންމުމެއް ނިންމާނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތުމުން ކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ބުނެފައިވަނީ މިއީ ލަންކާގެ ޤައުމީ ސަލާމަތަށްޓަކައި އެޅި ފިޔަވަޅެއް ކަމަށާއި ވަރަށް ކުރިންވެސް އަޅަން ޖެހޭ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ. މީގެކުރިން ލަންކާގައި މުސްލިމް އަންހެނުންނާއި ކުދިން މޫނުބުރުގާ ނާޅާ ކަމަށާއި, އަދި މިފަހުން މޫނު ބުރުގާ އަޅާމީހުންގެ އަދަދު އިތުރުވުމަކީ ދީނީ ހަރުކަށި ފިކުރު އިތުރުވާކަން ހާމަވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ލަންކާގައި ހިންގާ ހާހަކަށް ވުރެއް ގިނަ އިސްލާމީ ސްކޫލުތައް ބަންދުކުރުމަށްވެސް ނިންމާފައިވާއިރު އެކަމާގުޅޭގޮތުން ވީރަސެކަރަ ވިދާޅުވެފައިވަނީ އެ ސްކޫލްތަކަކީ ނެޝަނަލް އެޑިއުކޭޝަން ޕޮލިސީއާ ހިލާފަށް ހިންގާ ތަންތަންކަމަށެވެ.

ލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކަށްފަހު ވަގުތީގޮތުން މޫނުބުރުގާ އެޅުން މަނާކުރިއެވެ. އެފަހަރުގެ ބޮމުގެ ހަމަލާތަކުގައި 250 އަށްވުރެއް ގިނަ މީހުން މަރުވެފައިވެއެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހީން ވެސް ދިރިއުޅެމުންދާ އަދި ޒިޔާރަތް ކުރަމުންދާ ގައުމެކެވެ. އެހެންކަމުން ލަންކާގެ މި ނިންމުމުގެ ސަބަބުން ދިވެހީންނަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top