ފައިސާ ނޫންތަކެތި އޭޓީއެމް ތެރެއަށް ނުލާން އެދެފި

0.jpg

ބޭންކް އޮފް މޯލްޑިވްސް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެއާއި އަތޮޅުތެރޭގައި ގާއިމް ކޮށްފައިހުންނަ ސެލްފް ސާވިސް އޭޓީއެމްތައް ބޭނުންކުރާއިރު ފައިސާ ނޫންތަކެތި ނުލުމަށް ބީއެމްއެލް އިން އިލްތިމާސް ކޮށްފި އެވެ.

ބީއެމްއެލް އިން މިކަމަށް އިލްތިމާސްކޮށް ބުނެފައިވަނީ ފަހަކަށް އައިސް ނަގުދު ފައިސާގެ ބަދަލުގައި އެހެން ތަކެތި އޭޓީއެމްއަށް ލުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭންކުގެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި ހިދުމަތް ދިނުމަށްޓަކައި ބޭންކުގެ މުވައްޒަފުން އޭޓީއެމް ބަހައްޓާފައިވާ ރަށަކަށް ދަތުރުކުރަންޖެހޭއިރު، މިހާރު ހާލަތު އޮތްގޮތުން ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލުކުރުމަށް ވަގުތު ހޭދަވާ ކަމަށެވެ.

މީގެ އިތުރުން އޭޓީއެމްއަށް ލިބޭ ގެއްލުމަށް ބަލައި އެކަމެއް ރަނގަޅުކޮށް އަލުން ހިދުމަތްދޭން ފެށުމަށް ރާއްޖޭން ބޭރުން އާލާތްތައް ގެންނަންޖެހޭ ފަހަރުވެސް އަންނަ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިކަމަށް ގިނަ ވަގުތު ހޭދަވެ ހިދުމަތް މެދުކެނޑިފައި ހުންނަ ވަގުތު އިތުރުވެގެން ދާތަން އަންނަ ކަން ބީއެމްއެލް އިން ފާހަގަ ކުރެއެވެ.

މިގޮތަށް ހިދުމަތް މެދުކެނޑިގެން ދިޔުމަކީ ބޭންކުގެ ކަސްޓަމަރުންނަށާއި އެ ރަށެއްގެ ރައްޔިތުންނަށްވެސް ދަތިތަކާ ކުރިމަތިވާ ކަމެއްކަމަށް ބޭންކުން ބުންޏެވެ.

އޭޓީއެމް މެދުވެރިކޮށް ސެލްފް ސާވިސް ބޭންކިން ހިދުމަތް މެދުނުކެނޑި ލިބޭނެހެން ކަސްޓަމަރުން އަމަލުކުރުމަށާ ހަމައެކަނި ނަގުދު ފައިސާ އޭޓީއެމްއަށް ލުމާއި ހިދުމަތް ބޭނުންކުރުމަށް އޭޓީއެމް ސެންޓަރުގައި ހުރި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ބޭންކުން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top