އިތުރު ބަޔަކު އަނަންތަރާ ކިހަވައް ރިސޯޓުން ޕޮޒިޓިވްވެ އޭދަފުށީ ފެސިިލިޓީއަށް!

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ބ.އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ރިސޯޓުން ކޯވިޑް-19އަށް އިތުރު 7 މީހަކު ޕޮޒިޓިވް ވެ އިތުރު ފަރުވާ ދިނުމަށް އޭދަފުށިގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓިއަށް ގެނެސްފި އެވެ.

7 މީހުން ގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

މިމީހުންނަށް ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށް ގެނައީ އެމީހުންގެ ހާލު އިތުރަށް ގޯސްވެދާނެ ފަދަ ޢަލާމާތްތައް ފެންނަމުންދާތީކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މިހާތަނަށް އެރިސޯޓުން 31 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކަރަންޓީންކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިއަކުވެސް ވަނީ ކަރަންޓީންކޮށްފައެވެ.

އަނަންތަރަ ރިސޯޓުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ މީގެ މަހެއްހާ ދުވެސް ކުރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top