ކޮވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓަރީވާން ހުޅުވާލައިފި

c1_1998131_201007113934-1.jpg

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފިއެވެ.

އެޗްއީއޯސީ އިން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ރޭ ވިދާޅުވީ ފުރަތަަމަ ރަޖިސްޓްރީ ކުރެވޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިންނަށް ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށް my.health.mv ޕޯޓަލުން ރަޖިސްޓްރީވެވޭނެ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލާ އިރު، ރާއްޖެ ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ އަށް ވެކްސިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top