ޓެރަރިޒަމްގެ ތުހުމަތުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

1582791690large.jpg

ޓެރަރިޒަމްގެ ތުހުމަތުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތް ނަމަކަށް ކިޔާ 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ 29 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13:30 ހާއިރު މާލެއިން ފުރަން ގޮސް އެއާޕޯޓުގައި ހުރި އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނަކު “ބޮމެކޭ” ބުނެ ވާހަަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެެ

ކޯޓުން ވަނީ މިމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަހުގެ މުއްދަތު ކަނޑައަޅާފައެވެ،

ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށާ އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ފުރައިގެން ގޮސްދާނެކަމަށް ބަލާފައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top