ބ.ދިގުފަރުން ގަވާއިދާ ޚިލާފަށް ވެލި ނަގައިގެން ރޯޔަލް އައިލެންޑް ރިސޯޓް ޖުރިމަނާ ކޮށްފި

17262958.jpg

ރޯޔަލް އައިލެންޑް ރިސޯޓް

ގަވާއިދާ ޚިލާފަށް ބ.ދިގުފަރުން ގިނަ އަދަދެއްގެ ވެލި ނަގާފައިވާތީ ބ.ހޮރުބަދޫގައި ހިންގާ ރޯޔަލް އައިލެންޑް ރިސޯޓު ޖުރިމަނާ ކޮށްފި އެވެ.

އެންވަޔަރންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވީ, އެ ރިސޯޓް ޖޫރިމަނާކޮށްފައި ވަނީ ބ.ދިގުފަރުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމާއެކު އަދި އެ މަސައްކަތް ހުއްޓާލުމަށް އެންގުމުންވެސް އެކަން ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ދިގުފަރަކީ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓު ތަރައްގީ ކުރުމަށް 50 އަހަރަށް ދޫކޮށްފައިވާ ރަށެެކެވެ.

އެ ރިސޯޓް ޖޫރިމަނާކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެ ރިސޯޓް ޖޫރިމަނާކޮށްފައި ވަނީ 83750 ރުފިޔާއިންނެވެ. މިފައިސާ އިއްޔެ އިން ފެށިގން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top