އުލު ބޭންދިޔަސް ރައީސް ޔާމީން މިނިވަންކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން- ސުއޫދާ

0-02-06-17882d261843126a4e715e2b730329ce81e47db9535cec18a0a4a1b58fd80786_57d5e887-750x375.jpg

ސުއޫދާ

ޖަލަށްލައި ”އުލުގައި ބޭންދިޔަސް“ ރައީސް ޔާމީން މިނިވަން ކޮށް ފައިނޫނީ ފަހަތަށް ޖެހުމެއް ނެތްކަމަށް އެމްޕީއެލްގެ ވަޒފާއިން އިއްޔެ ވަކިކުރި ސުއޫދާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު ސުއޫދާ މިހެން ވިދާޅުވީ ، އެމްޕީއެލްގެ ވަޒީފާއިން ސުއޫދާ ވަކިކުރުމާއި ގުޅިގެން ”ދިޑެއިލީ“ އިން ގެނެސްދީފައިވާ ޚަބަރު އޭނާގެ ފޭސްބުކްގައި ހިއްސާކުރައްވައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ސުއޫދާ ވަޒީފާއިން ވަކިކުރިކަން އަންގައި އެމްޕީއެލްއިން ފޮނުވި ޗިޓުގައި ވަނީ އެސިސްޓެންޓް އޮފިސަރުކަމުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާއި ޚިލާފަށް އަމަލުކުރަމުންދާތީ، އެކަން ރަނގަޅުކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެފަދަ އަމަލުތަކަށް ބަދަލެއް ނުގެންނާތީ ކަމަށެވެ.

ސުއޫދާ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ”ޖަލުން ސަލާމަތްކޮށް ގެއަށް ވައްދާފައި ނޫނީ“ ކުރާ މަސައްކަތް ހުއްޓައެއްނުލައްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top