ފުލުހުންނާމެދު ރައްޔިތުން ކުރާ ޝަކުވާތަކަށްނިމުމެއް ނާދޭ: އެމްޕީ. އަލީ

MP-Ali-hussain.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

ފުލުހުންނާމމެދު އާއްމު ރައްޔިތުން ކުރާ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނާންނަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމެޓީން ހުށައެޅި މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފުލުހުންނާއި ގުޅޭގޮތުން އާންމު ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނާންނަ ކަމަށާ އާންމު ރައްޔިތުންނާ ބައްދަލުވުމުން، އަދިވެސް ފުލުހުންގެ އެކި ޝަކުވާތައް އަންނަކަމަށެވެ. އަދި ޝަކުވާތައް އަޑުއެހުމުން މިއުޅެނީ ވަކި ފުލުހުންގެ މައްސަލަތައް ނޫންކަމާއި، މިއީ މުޅި އިދާރާގެ މައްސަލައެއްކަން ހާމަވާ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުވައްސަސާ އުފައްދާފައިވަނީ ކުދި އަދި ބޮޑު ބޭކަލުންނާއި ރަށު ތެރޭގައި ތިބި ވަރުގަދަ ބަޔަކު ލައިގެން އޭރު ހުރި ރަސްގެފާނު ސަލާމަތްކުރުމުގެ ގޮތުން ކަމަށެވެ. އޭރު އެވެރިކަން ނުވަތަ ރަސްކަން ދިފާއު ކުރެއްވުމަށް މަސައްކަތްކުރަން ފެށި އުސޫލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ސިފައިންނާއި ފުލުހުންގެ މުއައްސަސާ އެއަށްފަހުވެސް އޮތީ އެއިރެއްގައި އޮންނަ ވެރިކަމެއް ނުވަތަ ރައީސަކު ދިފާއުކުރާ އިދާރާއެއްގެ ގޮތަށްކަމަށް އަލީ ވިދާޅުވިއެވެ.

އިތުރަށް އަލީ ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މިނިވަންކަމާ ސުލްހަވެރިކަމާ އަމާންކަމަށް މަސައްކަތްކުރާ މުއައްސަސާ ތަކެއްގެ ގޮތުގައި ގިނަ ބަޔަކު މިމުއައްސަސާތައް ނުދެކޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާ އިސްލާހުވަމުންދާ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަ ކަމަށާއި އެހެންނަމަވެސް، ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނަކަމަށެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top