ރައްޔިތުން އަބަދުވެސް 3ވަނަ ދަރަޖައިގާ: ދިޔާނާ

medium_168738.jpg

ދިޔާނާ ސައީދު

ރައްޔިތުން އަބަދުވެސް ތިބެން ޖެހިފައިވަނީ 3 ވަނަ ދަރަޖައިގައި ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ދިޔާނާ ގެ ފާޑުކިއުން ސަރުކާރަށް އަމާޒުކޮށްފައިވަނީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ކަރަންޓީން ކުރުމުގެ އުސޫލްގެ ދަށުން، މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން އެ ރަށެއްގައި 10 ދުވަސް ކަރަންޓީންގައި މަޑުކުރަން ޖެހިފައި ސަރުކާރުގެ ވަފްދުތަކުގެ ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާއިރު ކަރަންޓީން ފުރިހަމަ ކުރަން ނުޖެހޭ ކަމަށް ވިދާޅުވެއެވެ.

ދާދި ފަހަކުން ރައީސް ސޯލިހް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އަދަދެއްގެ މީހުން މާލެއިން އެ އަތޮޅަށް ދިއުމާ ގުޅިގެން “ވަގުތު” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން
މިސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ދިޔާނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އަސާސީ ޚިދުމަތްދޭ ފަރާތްތައް ކަރަންޓީނުން އިސްތިސްނާ ކުރަން ޖެހޭ ކަމަށާ ނަމަވެސް އެ އިސްތިސްނާގެ ދަށުން ސަރުކާރުގެ ވެރިންގެ އާއިލާތައް ދަތުރުކުރަން ހުއްދަ ނުދެވޭނެ ކަމަށެވެ.

“އުސޫލުތައް އެންމެންގެ މައްޗަށް އެއް ހަމައިން ނުހިނގުމީ ވަރަށް ބޮޑު ދެރައެއް. އަބަދުވެސް ރައްޔިތުން 3 ވަނަ ދަރަޖައިގަ.” ދިޔާނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ހަމަޖައްސާފައިވަނީ، ރާއްޖޭން ބޭރުން އަންނަ މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުން 10 ދުވަހަށް ކަރަންޓީން ކުރުމަށެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައި ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނު ވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސްކަމުގައި އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރުމަށާއި، މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top