މޫސުން ރަނގަޅުވާނީ އަންނަ އާދީއްތަ ދުވަހުގެ ފަހުން: މެޓް

DSCN9382.jpg

ތޫފާނު “ބުރެވީ’ ގެ ބާރު ކެނޑި މޫސުން ރަނގަޅު ވާނީ އަންނަ އާދީއްތަ ދުވަހުގެ ފަހުން ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުގެ ފޯކާސްޓަރ ބައެއް މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން މިރެއިން ފެށިގެން ގޯސްވާނެ ކަމަށެވެ.

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން އުފެދުނު ތޫފާން “ބުރެވި”ގެ އަސަރު ރާއްޖެއަށް ކުރާނީ މިރެއިން ފެށިގެން ކަމަށާއި ބުރާސްފަތި އަދި ހުކުރުދުވަހު ރާއްޖޭގެ މޫސުން ވަރަށް ގޯސް ވާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މެޓުން ބުނީ އާންމު ވައި ހުންނާނެ ކަމަށް ބެލެވެނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ކަމަށެވެ. ކޮޅިގަނޑުގައި 45 މޭލާ ހަމަޔަށް ވައި ގަދަވެ، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.

ތޫފާނުގެ އަސަރު ރާއްޖެއަށް ކޮށް ކަނޑުގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ސަރަހައްދެއްގައި ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބެލުމަށް މެޓުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top