ކަރަންޓީނު ނުވާ ގޮތަށް ރަށަށް ދެވޭނީ މާލެއިން ބަލި ފެތުރުން ހުއްޓުމުން.

big_ofigOiQteO6TGT1S34egdaWb2.jpg

ޑރ.ނަޒްލާ --ފޮޓޯ :ޕީއެސްްެއެމް ނިއުސް

ކަރަންޓީނު ނުވާ ގޮތަށް ރަށްރަށަށް ދެވޭނީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނަޒްލާ ވިދާޅުވީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްހާ ހިނދަކު އަތޮޅު ތެރޭގެ ރަށްރަށަށް މީހުން ކަރަންޓީނު ނުވާ ގޮތަށް ފޮނުވުމަކީ ރައްކާތެރިކަމެއް ކަމަށް ނުދެކޭ ކަމަށެވެ. ހަމައެއާއެކު އެހެން ގައުމުތަކުގެ ހާލަތަށް ބަލާނަމަ އަދިވެސް މި ބަލިން އަރައިގަނެވޭނެ ދުވަހެއް ފެންނަން ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިއްޔެ މާލެ ސަރަހައްދުން ކޮވިޑް19 އަށް 24 މީހަކު ޕޮޒިޓިވް ވުމުން އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެންމެ 24 މީހަކު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ މި ސަރަހައްދުން ބަލި ނެތިގެން ދިއުން ނޫން ކަމަށެވެ.

އިއްޔެ 24 މީހަކަށް އަލަށް ބަލި ޖެހުނުއިރު 102 މީހަކު ބަލިން ރަނގަޅުވިއެވެ.

އެކަމަކު މިއަދު އަނެއްކާވެސް މިވަނީ ކޮވިޑް ޖެހިގެން މީހަކު ނިޔާވެފައެވެ. މިމީހާ އާއި ބެހޭ މައުލޫމާތު ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނި 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 37ވަނަ މީހާ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11,178 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 10،097 އަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top