ސަލްސާ ރޯޔަލް ހުޅުވަން ދުވަސްކޮޅެއް ނަގާނެ: އާމިރު .

73235_565390680142933_1946162576_n.jpg

މާލޭގައި ކޭޓަރިންގ ޚިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ”ސަލްސާ ރޯޔަލް” ކޮވިޑްގެ ސަބަބުން ބަންދު ކުރުމަށްފަހު އަލުން ހުޅުވަން ދުވަސް ނަގާނެ ކަމަށް ސަލްސާ އިންވެސްޓްމަންޓްގެ ވެރިޔާ އިބްރާހީމް އާމިރު ވިދާޅުވެއްޖެއެވެ.

ސަލްސާ ޗޭނުގެ ދަށުން އޭދަފުށީގައި ސަލްސާ ރިޓްރީޓް ވެސް ހިންގަވަމުން ގެންދަވާ އިބްރާހީމް އާމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންވެ ވިޔަފާރި ދަށްވުމާއެކު ބަންދުކުރި ރެސްޓޯރެންޓު އަލުން ހުޅުވަން އަހަރެއްހައި ދުވަސް ނަގާފާނެ ކަމަށެވެ.

ސަލްސާ ރޯޔަލް ބަންދު ކުރި ނަމަވެސް އެ ކުންފުނިން އޭދަފުށީގައި ހިންގާ ސަލްސާ ރިޓްރީޓްވެސް ލޮކްޑައުންގައި ބަންދު ކުރުމަށްފަހު އާ ބަދަލު ތަކަކާއެކު ވަނީ ހުޅުވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ގެއްލުންވި އެއް ސިނާއަތަކީ ރެސްޓޯރެންޓް ވިޔަފާރި އެވެ. ކޮވިޑްގެ ސަބަބުން ވިޔަފާރި ދަށްވެ، ސަލްސާ ރޯޔަލް އާއި އެއްފަދައިން ރާއްޖޭގެ މަޝްހޫރު ރެސްޓޯރެންޓުތަކެއް އަދިވެސް ހުރީ ބަންދު ކޮށްފަ އެވެ.

މި ހާލަތުގެ ސަބަބުން މި ސިނާއަތަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާނެ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top