ކައުންސިލަރުން ސަސްޕެންޑް ކުރި އުސޫލު ބާތިލް ކޮށްފި.

img_md_201911060749591573051799.8083.jpg

ދިވެހި ރާއްޖޭގެ ހައި ކޯޓް

ލޯކަލް ގަވަމެންޓް އޮތޯރޮޓީ (އެލްޖީއޭ ) އިން ކައުންސިލަރުން ސަސްޕެންޑް ކުރި އުސޫލު ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ހައި ކޯޓުން ކުރި ހުކުމްގައި ވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެހެންނަމަވެސް ގާނޫނުގެ އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށާއި އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް އެ ހުކުމުގައިވެއެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ވަނީ ބާތިލްކޮށްފައެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top