ރައްޔިތުން އިންތިޒާރު ކުރަނީ ޓޫރިޒަމް ރަނގަޅުވާނެ ދުވަހަކަށް :ޓޫރިޒަމް މިނިސްޓަރު

126098_6f34e92e-1_.jpg

ޓޫރިޒަމް މިނިސްޓަރު، މައުސޫމް

ދިވެހި ރައްޔިތުން ތިބީ ޓޫރިޒަމް ރަނގަޅު ވާނެ ދުވަހަކަށް ބަލަބަލާ ކަމަށް އަލަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި މިނިސްޓަރު، އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އަމާޒަކީ އަންނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނާނެވަރު އަންދާޒާ ކުރަނީ ކޮންމެ ދުވަހެއްގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން މިހާރުގެ އަންދާޒާއަކީ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށެވެ.

“އަޅުގަނޑުމެން އަންދާޒާ ކުރި ވަރަށް ފަތުރުވެރިން އަންނަމުން ދަނީ. އޮގަސްޓަށް އަޅުގަނޑުމެން އަންދާޒާ ކުރީ 6،000 ކަމަށް. މިއަދު އަޅުގަނޑަށް ލިބޭ އުފާވެރި ހަބަރަކީ 7،000 އަށްވުރެ މައްޗަށް އަރާނެ އޮގަސްޓްގެ އަދަދު.”މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނަވަރަކީ ރާއްޖޭގެ އިގުތިސާދު ބައްޓަން ވެފައިވާ ވަރުން އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެކަަމަކު އަމާޒަކީ އަންނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު މައުސޫމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ، ފަތުރުވެރިކަން ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްކަށްވެސް އަންނަނީ އެކަމުގެ ނުރަނގަޅު އަސަރުތައް ފޯރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ހައްލުކޮށް، އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top