އަންހެނެއްގެ އަނގައަށް ލައްފިލުވާ އެޅިކުރީގެ ފިރިމީހާއަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ކޮށްފި .

b_Flm6S8zMfrUVarLxSd2kGFNnB.jpg

ރ.އަލިފުށި

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި، ކުރީގެ ފިރިމީހާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުން ކަމުގެ ދައުވާ އުފުލައިފި އެވެ.

މިމައްސަލައިގާ ދައުވާ އުފުލާފައި ވަނީ ރ. އަލިފުށީ ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާ ދިނުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލައި، ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު، އެ ހާދިސާ ހިނގާފައި ވަނީ އަންހެން މީހާ ނަމާދަށް ހުއްޓާ، އޭނާ ދިރިއުޅެމުން އައި ގޭގެތެއަށް ކުރީގެ ފިރިމީހާ ވަދެ އެވެ. އަންހެންގެ އަނގަޔަށް ލައްފިލުވާ އެޅުމާއެކު އޭނާއަށް ވަނީ އެރަށު ސިއްހީ މަރުކަޒުގައި ވެސް ފަރުވާދީފަ އެވެ.

އެމައްސަލައާ ގުޅިގެން މިދިޔަ މަހުގެ ދެ ވަނަ ދުވަހު 32 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރި ކަމަށް ފުލުހުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top