މޫސުން ވަރަށް ގޯސް. އުތުރަށް ޔެލޯއެލާޓް

DSCN9383.jpg

ފޮޓޯ :އީވީ

ރާއްޖޭގެ މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ. 
މޫސުމާބެހޭ ގައުމީއިދާރާ (މެޓް އޮފީސް ) އިން ބުނީ މި އަތޮޅުތައް ހިމެނޭ ސަރަހައްދަށް މިއަދު 7:30 އިން ފެށިގެން 11:45އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވައިގަދަވުމާއެކު ވިލާގަނޑުގައި ގަޑިއަކު 50މޭލަށް ވައި ބާރުވާނެކަމަށްވެސް މެޓުން ބުނެއެވެ. 
މެދުރާއްޖެއާއި ދެކުނުގެ ސަރަހައްދުތަކަށްވެސް ކެރީގެ އަަސަރު ކުރުން އެކަށީގެންވާ ކަމަށާ ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި އެހެން ހިސާބުތަކަށް އާންމުގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. 

މެދު ރާއްޖެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާއިރު ބައެއް ސަރަހައްދުތަކަށް އުދަ އެރުމަކީވެސް އެކަށީގެންވާކަމެއް ކަމަށް މެޓުން ލަފާ ކުރެއެެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top