ފެހެންދޫ ސްކޫލް ދަރިވަރުންގެ ފެރީ ހަވާލުކޮށްފި.

b_cMiTOyd6Y5gNTJaWg5w3hdPkn.jpg

ފެހެންދޫ ސްކޫލަށް ހަދިޔާ ކުރެއްވި ފެރީ : ވަންފޮޓޯ/ މުހައްމަދު ހައްޔާން

ފެހެންދޫ ސްކޫލް ކުދިން ބ. ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް އިންޑިއާގެ އެހީގައި ބަނދެދިން ފެރީ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

އިއްޒުއްދީން ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން މި ސްކޫލް ފެރީއާ ހަވާލުވެވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިއާޒެވެ. މި ފެރީ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަރުކާރުން މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 2.5 މިލިއަން ރުފިޔާއެވެ.

ފެހެންދޫގެ އާބާދީ ކުޑަކަމުން ފެހެންދޫ ސްކޫލުގައި ކިޔަވައެއް ނުދެވެ އެވެ. އެހެންވެ އެރަށުގެ 26 ކުދިން ގޮއިދޫ ސުކޫލަށް ކިޔަވަން ދިއުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަނީ މަތި ހިޔާކޮށްފައި އޮންނަ 18 ފޫޓުގެ ޑިންގީއެކެވެ. ފެހެންދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 3 ދަތުރު ކުރަންޖެހެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top