ގޮއިދޫ ޒުވާނުންނަށް ކައިޓް ސާފިން ކިޓް ހަދިޔާ ކޮށްފި

MFHhUtusaf4f5aa.jpeg

ފޮޓޯ: ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑެވެލޮޕްމެންޓް ސޮސައިޓީ

ކައިޓް ސާފިންގ ގައި ރާއްޖޭގައި އެންމެ ކުޅަދާނަ އެތުލީޓުން ތިބި ބ. ގޮއިދޫ ޒުވާނުންނަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން 5 ކައިޓް ސާފިން ކިޓް ހަދިޔާކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އިން މި ކިޓުތައް ހަވާލު ކޮށްފައިވަނީ ގޮއިދޫ ކައުންސިލް މެދުވެރިކޮށް ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީއާއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ރާޅުގުޑިއާ ގުޅިގެން މިއަހަރު ގޮއިދޫގައި ބޭއްވި ކައިޓް ސާފިން ކޭމްޕްގައި ގޮއިދޫގެ ދެޖިންސްގެ ޒުވާނުންނަށް ވެސް ދުނިޔޭގެ ޗެމްޕިއަނަކާއެކު އެކުޅިވަރުގެ ހުނަރުތައް ދަސްކުރުމަށް ފުރުސަތު ފަހިކޮށްދެވުނު ކަމަށެވެ. އަދި އެ ކޭމްޕްގެ ތެރޭގައި ގޮއިދޫ ޒުވާނުންގެ ހުނަރުތައް ފެނުމާއެކު އެ ކުދިންނަށް ކައިޓް ސާފިން ކިޓް ފޯރުކޮށްދޭނެ ކަމަށް ވައުދުވި ކަމަށާއި މިއަދު އެ ވައުދު ފުއްދޭތީ އުފާކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރާޅުގުޑިއާ ގުޅިގެން މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެކެވެ. ހަމައެހެންމެ ގޮއިދޫގެ ޒުވާނުންނަކީ ކައިޓް ސާފިންގ ގައި ރާއްޖެ އަށް ރީތި ނަން ހޯދާދީފައިވާ ބައެއް ކަންވެސް ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top