ފެނަކަ އިންވެސް ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް

viber_image_2019-12-02_11-31-59.jpg

ކަރަންޓުބިލަށް ފައިސާ ދެއްކުމަށްފަހު އޭދަފުށީގައި ހުންނަ ފެނަކަ އޮފީހުން ދެމީހަކު ނުކުމެގެން ދަނީ

މިދިޔަ ޖޫން މަހުގެ ކަރަންޓުބިލުން ފެނަކަ އިން ވެސް 40 އިންސައްތަ ޑިސްކައުންޓު ދޭން ނިންމަވައިފި އެވެ. އެކަމަކު ފެނަކައިން ކަރަންޓު ބިލްތަކުން 40 ޕަސެންޓް ދޭން ނިންމީ ކީއްވެކަމެއް ހާމައެއް ނުކުރެއެވެ.

ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޖޫން މަހުގެ ކަރަންޓު ބިިލްތަކުން 40 އިންސައްތަ ޑިސްކައުންޓު ފެނަކަައިގެ ކަސްޓަމަރުންނަށް ވެސް ދިނުމަށް ސަރުކާރުން ނިންމަވައިފި ކަމަށެވެ.

އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ކަރަންޓު ބިލް އާދަޔާ ޚިލާފަށް ބޮޑު ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ގޮސް ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ބަހުސުކުރަމުން ދަނިކޮށް ސްޓެލްކޯއިން ވަނީ މީގެ ދެދުވަސް ކުރިން އެކުންފުނީގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމާފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން 145 އަށް ވުރެ ގިނަ ބްރާންޗް ތަކުން ހިދުމަތް ދެމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top