ބ.އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް.

DSCN7555.jpg

އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ބ.އަތޮޅު ރައްޔިތުންނަށް ޚާއްސަކޮށްގެން ބ.އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ.

ހޮސްޕިޓަލުން ބުނީ އެ ދެ ދުވަހު ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ، ޑރ. އާމިރު އިސްމާއީލް އާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޚާއްސަ ޑޮކްޓަރު، ޑރ. މަހުމޫދު މުހައްމަދު ބ.އަތޮޅު ހޮސްޕިޓަލުގައި  ބަލި މީހުންނަށް ފަރުވާ ދެއްވާނެކަމަށެވެ.

މި ޑޮކްޓަރުންނަށް ދެއްކެވުމަށް އެޕޮއިންޓްމަންޓް ހެއްދެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރު 2:00އިން ފެށިގެންނެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 6608309 އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top